މާލެ: 31°C

ފުލުހުން ފުރަަތަމަ ފަހަރަށް ޓޭޒާ ގަން ބޭނުންކުރަން ފަށައިފި

February 26, 2023
2 ފަހަރު ބަލާފައި
ފުލުހުން ފުރަަތަމަ ފަހަރަށް ޓޭޒާ ގަން ބޭނުންކުރަން ފަށައިފި
ފުލުހުން ފުރަަތަމަ ފަހަރަށް ޓޭޒާ ގަން ބޭނުންކުރަން ފަށައިފި
ޓޭޒާ ގަން ނުވަތަ ކަރަންޓް ބަޑި ދިވެހި ފުލުހުން ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައިފި އެވެ. ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޮންޑަކްޓެޑް އެނާޖީ ވެޕަން" (ޓޭޒާ ގަން) މިއަދުން ފެށިގެން ފުލުހުން ބޭނުންކުރާނެ ކަމަށާއި އެ ހަތިޔާރު ބޭނުންކުރާނީ މާލޭގައި ހަރަކާތްތެރިވާ ހައިވިސިލިބިލިޓީ ޓީމްތަކުން ކަމަށެވެ. އެ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު ހަދާފައިވާ ސާޖަންޓް ރޭންކުން މަތީގެ ހުރިހާ ފުލުހުން ވެސް މިއަދުން ފެށިގެން އެ ހަތިޔާރު ގެންގުޅޭނެ ކަމަށާއި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. [embed]https://twitter.com/M_Hameedh/status/1629802067958329344?s=20[/embed] "މި ލެސް ލީތަލް ވެޕަން، ގެންގުޅުމާއި ބޭނުންކުރަން ޖެހިއްޖެ ހާލައްގައި ބޭނުން ކުރުމުގެ ހުއްދަ ފުރަތަަމަ ފަހަރަށް ސާޖަންޓް އަދި އެއަށް ވުރެ މަތީ ރޭންކްތަކުގެ ފުލުހުންގެ ތެރެއިން ސެޓިފިކޭޝަން ޓްރޭނިން ހަދާފައިވާ އޮފިސަރުންނަށް ދެވޭނެ،" ޓްވީޓްގައި ސީޕީ ވިދާޅުވި އެވެ. ޓޭޒާ ގަން ބޭންކުރާނެ ގޮތުގެ ތަމްރީނުތައް ފުލުހުން ފެށީ މިދިޔަ އަހަރު އެވެ. އެ ހަތިޔާރު ބޭނުންކުރުމަށް ޓަކައި އެކަމަށް ބޭނުންވާ އުސޫލުތައް ވެސް ވަނީ ކުރިން އެކުލަވާލައިފަ އެވެ. އެ ހަތިޔާރު ތައާރަފް ކުރުމުގެ ބޭނުމަކީ އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކުށުގެ ވެށިން މީހުން ހައްޔަރުކުރުމުގައި ، ހާލަތާ އެއްގޮތްވާ ގޮތްތަކެއް ފުލުހުންނަށް ފަހިކޮށްދިނުމެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ