މާލެ: 31°C

ފުލުހުން ދިނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު ލީކުވާ ގޮތްތަކުގެ ތަފްސީލު!

February 23, 2023
2 ފަހަރު ބަލާފައި
ފުލުހުން ދިނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު ލީކުވާ ގޮތްތަކުގެ ތަފްސީލު!
ފުލުހުން ދިނީ އިންޓަނެޓް ބޭންކިންގެ މައުލޫމާތު ލީކުވާ ގޮތްތަކުގެ ތަފްސީލު!
އިންޓަނެޓް ބޭންކިންގެ ސެކިއުރިޓީ ބްރީޗްކޮށްގެން ކުރާ ވައްކަންތައް ގިނަ ވެފައި ވަނިކޮށް، އެގޮތަށް މައުލޫމާތު ލީކްވާން މެދުވެރިވާ ގޮތުގެ ގިނަ ތަފްސީލުތަކެއް ފުލުހުން މިއދު އާއްމުކޮށްފި އެވެ. ފުލުހުންގެ ވެބްސައިޓްގައި މިއަަދު އާއްމުކުރި ލިއުމެއްގައި ބުނި ގޮތުގައި އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައި ހުންނަ ގޮތްތައް، އެ ބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ވަނީ ފާހަގަ ކުރެވި ފަ އެވެ. އެފަދަ އެއް ކަމަކީ ފުލުހުން ބުނި ގޮތުގައި، އިތުބާރު ކުރެވޭ އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ނަމުގައި އުފައްދާފައި ހުންނަ "ޕިޝިން ލިންކްތަކަށް މީހުން ވަނުމެވެ. "...މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެއެވެ،" ފުލުހުންގެ ލިއުމައި ވެ އެވެ. ފުލުހުންގެ ލިއުމުގައި ބުނި ގޮތުގައި ކުށްކުރާ މީހުން ފޮނުވާ ލިންކްތައް ހުންނަނީ އެ ލިންކް ނިސްބަތްކުރާ މުއައްސަސާގެ ލިންކެއް ކަމަށް މީހުންނަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފަ އެވެ. އެ ލިންކްތަކަކީ ސައްހަ ލިންކްތަކެއް ނޫންކަން ދެނެގަންނާނެ ގޮތް މީހުންނަށް ނޭނގޭ ކަމަށާއި އެހެންވެ އިތުބާރުކޮށް، ލޮގިން އަށް ބޭނުންކުރާ މައުލޫމާތު ދެވޭ ގޮތް ވާކަމަށް ވެސް އެ ލިއުމުގައި ބުންޏެވެ. ކްރެޑެންޝަލްސް ބްރީޗްވާ އަނެއް ގޮތަކީ ފުލުުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އޮންލައިން ސާވިސްތަކުގައި ރަޖިސްޓްރީކުރާއިރު އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ޖަހަންޖެހުމުން، އެ ޚިދުމަތްތަކުގައިވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކުރުމެވެ. "...މިގޮތުން ހުރިހާ ސަރވިސްއެއްގައި އެއް ޕާސްވޯޑް ޖަހާފައި ހުންނަކަމާ އަދި ބޭނުންކުރާ އީމެއިލް އެޑްރެސްވެސް އެ އީމެއިލް ސަރވިސްއިން ދީފައި ހުންނަ ސެކިއުރިޓީ ފީޗަރސް އެކްޓިވޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންގްސް ކޮންފިގަރ ކޮށްފައި ނުހުންނަކަން ފާހަގަކުރެވެއެވެ،" ފުލުހުންގެ ލިއުމުގައި ބުންޏެވެ. ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓާ، އިންސްޓަގްރާމް) ޑޭޓަރ ބްރީޗްތަކުގައި ވެސް ދިވެހިރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ (ލޮގްއިން ކްރެޑެންޝަލްސް) މިހާރުވެސް އިންޓަނެޓްގައި ލީކުވެފައި ވާއިރު، އެއީ  ކިހިނެއް ހިނގާ ކަމެއްކަން ގިނަ މީހުންނަށް އެނގިފައެއް ނުހުންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަހަލަ ބްރީޗެއްގެ ތެރެއިން ޕާސްވޯޑް ލީކްވެފައި ވޭތޯ ބަލާނެ ލިންކެއް ވެސް ފުލުހުންގެ ލިއުމުގައި ހިމަނާފަައި ވެ އެވެ. "..އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި ތިޔައިން ބޭފުޅެއްގެ އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައިވޭތޯ  https://haveibeenpwned.com ލިންކް މެދުވެރިކޮށް ބަލާލެވޭނެއެވެ،" ފުލުހުންގެ ލިއުމުގައި ބުންޏެވެ. އިންތިޒާމްވެގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކޮށްފައިވައިވާ ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ