މާލެ: 31°C
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދަނބިދޫ އަންހެނަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދަނބިދޫ އަންހެނަކު ހޯދަނީ

January 17, 2024
4 ފަހަރު ބަލާފައި
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދަނބިދޫ އަންހެނަކު ހޯދަނީ
ހުޅުމާލެ ފޭސް އެކެއް ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ. ފުލުހުންކުރި އިއުލާނުގައި ބުނެފައިވަނީ، ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ލ. ދަނބިދޫ / ކަފަމާގެ، އައިޝަތު ޝަބީނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. އުމުރުން 32 އަހަރުގެ ޝަބީނާ ފުލުހުން ހޯދަމުންދަނީ، މައްސަލައަކާއި ގުޅިގެން ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުންކުރި އިއުލާނުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން، އޭނާ މިމަހުގެ 28 ވަނަ ދުވަހުގެ 10:00 އަށް ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަނަށް ހާޒިރުޗުމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ