މާލެ: 31°C
ފުލުހުން 3.5 މިލިިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ފުލުހުން 3.5 މިލިިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

July 25, 2023
2 ފަހަރު ބަލާފައި
ފުލުހުން 3.5 މިލިިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި
މާފަންނު ޕޮލިސް ސްޓޭޝަން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނަށް މިދިޔަ މަހުގެ ތެރޭގައި ހުށަހަޅާފައިވާ އެކި މައްސަލަތަކުގައި ހިމެނޭ 3.5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ މާފަންނު ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް އިން 926،160 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާ ކަމަށެވެ. އޭގެތެރޭގައި 720،000 ރުފިޔާގެ އަގުކުރެވިފައިވާ މޮޓޯ ސައިކަލު ވަނީ ހޯދާފައެވެ. އަދި 163،429 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާއިން 20،651 ރުފިޔާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 22،080 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން 173،655.77 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރ، އޭގެތެރެއިން މޮޓޯ ސައިކަލުގެ ޖުމްލަ އަގަކީ 30،000 ރުފިޔާއެވެ. އަދި މަކަރާއިހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެގޮތުގައި 103،893.77 ރުފިޔާ ހޯދައިދީފައިވެއެވެ. އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 20،300 ރުފިޔާގެ ތަކެތި ހޯދާފައިވާއިރު، އެހެނިހެން ތަކެތީގެ ގޮތުގައި 19،462 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށް ބުނެފައިވެއެވެ. https://twitter.com/PoliceMv/status/1683797048548823040?s=20 ފުލުހުން ބުނީ މި މުއްދަތުގައި ގަލޮޅު ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް އިން 251،700 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާ ކަމަށެވެ. އޭގެތެރޭގައި، 225،000 ރުފިޔާގެ މޮޓޯ ސައިކަލާއި 12،600 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ. އަދި ނަގުދު ފައިސާއިން 1،500 ރުފިޔާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 12،600 ރުފިޔާގެ މުދާ ވަނީ ހޯދާފައެވެ. ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން 2،191،586 ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 1،198،200 ރުފިޔާގެ އަގުހުރި ސައިކަލު އަދި މަކަރާއިހީލަތުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުން ގެއްލުމުގެ ބަދަލުގެގޮތުގައި ހޯދައިދީފައިވާ 619،258.03 ރުފިޔާއެވެ. އިލެކްޓްރޯނިކްސް ސާމާނާއި މޯބައިލް ފޯނު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކުގައި 308،950 ރުފިޔާގެ ތަކެތި ހޯދާފައިވެއެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 65،177.88 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ