މާލެ: 31°C
ފުލުހުންގެ ފަރާތުން ދ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތަކާގުޅޭ މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ފަރާތުން ދ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތަކާގުޅޭ މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށް ގެންގޮސްފި

9 އޯގަސްޓު 2026
242 ފަހަރު ބަލާފައި
ފުލުހުންގެ ފަރާތުން ދ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތަކާގުޅޭ މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށްގެންގޮސްފި އެވެ.

ފުލުހުންގެ ފަރާތުން ދ އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތަކާގުޅޭ މައުލޫމާތު ދިނުމުގެ ޝެޝަނެއް ކުރިއަށްގެންގޮސްފި އެވެ.

ފުލުހުން ބުނީ މި ސެޝަނަކީ އަހުލާގު ރަނގަޅު ޖީލެއް ބިނާކޮށް، ކޮންމެ ބެލެނިވެރިޔަކީ ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ނަމޫނާ ބެލެނިވެރިޔަކަށް ހެދުމަށާއި ބެލެނިވެރިން ޒިންމާދާރުކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށާއި މި މަހު 6 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ އެ މަދަރުސާ އާއި މީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެއްކަމަށެވެ.

އެގޮތުން މި ސެޝަންގައި، ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކާއި، ބެލެނިވެރިކަމުގެ ތަފާތު ވައްތަރުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ދަރިންނާމެދު ލޯތްބާއި އޯގާތެރިކަން ބެހެއްޓުމުގެ މުހިންމުކަމާއި، ދިމާވާ އެކި ކަންކަމުގައި މަޝްވަރާކޮށް އެ ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި އެކުދިންނާއި ގާތް ގުޅުމެއް ބާއްވައި ކުދިން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ވެސް މި ސެޝަންގެ ތެރެއިން ކިޔައިދެވިފައިވާނެ ކަމަށާއި، އަދި ޒިންމާދާރު ގޮތެއްގައި ބެލެނިވެރިކަމުގެ ދައުރު އަދާކުރާނެ ގޮތާއި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިން ފެންނާނެ ސިފަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ބުނެއެވެ.

ހަމައެހެންމެ އެންމެ ތުއްތު އިރުގައި ދަރިންނަށް ދެވޭ ތަރުބިއްޔަތަކީ ވަރަށް މުހިންމު އެއްޗެއްކަމާއި ދަރީންގެ ހަރަކާތްތައް ގާތުން ބަލައި މޮނީޓަރކޮށް ތުއްތު ކުދިންނަށް ވިސްނޭނެހެން އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ދަސްކޮށްދިނުމަށާއި ދަރީން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އަބަދުވެސް ހިތްވަރުދިނުމަށާއި ދީނީ ކަންކަމަށް ދަރިންނަށް ބާރު އެޅުމަށް ނަސޭހަތްތެރިވިއެވެ.

އޭގެއިތުރުން ވެސް، ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި ދަރީން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކާއި އެފަދަ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގެންގުޅެވިދާނެ އުކުޅުތައް ބުނެދީ އަދި ދަރީން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް
ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޢާންމު ނުވާ މިންވަރަށް މަގުތައްމަތީ އޮރިޔާން އާންމުވެއްޖެ: ޝެއިޙް ޒަމްޒަމް ފާރިޝް

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި
ހަބަރު

އީގަލް ހިލްސް ވެބްސައިޓުގަ ހާމަކޮށްފައިހުރި ސަރުކާރުން ހާމަނުކުރާ ބައެއް މައުލޫމާތު ކޮންމެވެސް ސަބަބަކާހުރެ އީގަލް ހިލްސްގެ ވެބްސައިޓުން ނަގައިފި

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި
ހަބަރު

އީގަލް ހިލްސް ޕްރޮޖެކްޓުގެ ވަށައިގެންވާ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްފައިނޫނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ފައްޔާޒު ގޮވާލައްވައިފި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ