ނުހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަން، ދެ ފުލުހެއްގެ ހެކިބަހުން ސާބިތުވާ ކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
އަދި އޭނާއަކީ މީގެ ކުރިން ހައްޔަރު ކޮށްފައިވާ ފަރާތަކަށް ވުމުން، އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމްއިން ސިލްސިލާކޮށް ކޮންމެ ރެޔަކު އާޓިފިޝަލް ސަރަހައްދުގައި ބާއްވާ މުޒާހަރާތަކަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން 1ޖަލުން މިނިވަން ކުރުމަށް ގޮވާލާ ކުޜާ މުޒާހަރާ ތަކެކެވެ.






