
ފުލުސް އޮފީހަށް ހާޒިރުކުރީ ރައްޔިތުންނަށް ބިރުދައްކަން: ފައްޔާޒް
ފުލުސް އޮފީހަށް ހާޒިރުކުރީ ރައްޔިތުންނަށް ބިރުދައްކަން: ފައްޔާޒް
ލިޔުން:
އާރުޑީސީގެ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައިކަމަށް ބުނެ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އަނިޔާވެރި މަންޒަރު ދައްކުވައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފުލުސް އޮފީހަށް ހާޒިރުވެ، އެތަނުން ނިކުތުމަށްފަހު ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެނާ މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ. އެ މައުލޫމާތުތަކަކީ ފައްޔާޒުގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމަށެވެ. އޭނާ މިއަދުވެސް ވިދާޅުވީ ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް ކަމަށެވެ.
https://twitter.com/faya_i/status/1773308650465132748
އާރުޑީސީގެ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން، އަދި ރައީސް ސޯލިހު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފައްޔާޒު ފުލުސް އޮފީހަށް ވަޑައިގެންނެވިއިރު އޭނާއަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންގެ އިތުރުންވެސް ބައެއް އާއްމުން ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވެ ތިއްބެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާ ގުޅިގެން ފައްޔާޒް އިއްޔެ ވިދާޅުވެފައިވަނީ އާރުޑީސީ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއްނެތް، ސިޔާސީ ތުހުމަތު ތަކެއްކަމަށެވެ. ފައްޔާޒް ވިދާޅުވީ އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫންކަމަށާއި، ސިޔާސީ ތުުމަތުތައް ކުރުމުގެ ސިލްސިލާ ފެށުނީ ކަމަށެވެ.
ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފައްޔާޒްގެ ފުރިހަމަ އެއްބާރުލުން ދޭނޭކަން ފާހަގަކުރައްވަމުން ފައްޔާޒް ވަނީ، ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
