ފުޅާ ދާއިރާ އެއްގައި ހަށި ވިއްކަމުގެ ވިޔަފާރި ކުރަމުންދިޔަ 7 ބިދޭސީއަކު ހައްޔަރުކޮށްފި

ފުޅާ ދާއިރާ އެއްގައި ހަށި ވިއްކަމުގެ ވިޔަފާރި ކުރަމުންދިޔަ 7 ބިދޭސީއަކު ހައްޔަރުކޮށްފި
ލިޔުން:
ފުޅާދާއިރާ އެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ހަތް ބިދޭސީ އަކު މޯލްޑިވްސް އިމިގްރޭޝަނުން ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހަތް މީހުން ހައްޔަރު ކޮށްފައިވަނީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ހިންގަމުން ދިޔަ ހާއްސަ އިންސްޕެކްޝަން ތަކެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، އެގޮތުން 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 05 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 3 ބިދޭސީ އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާ ކަމަށާއި، ބާކީ 4 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
