މާލެ: 31°C

ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގެންފި
May 18, 2023
2 ފަހަރު ބަލާފައި
ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގެންފި
ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް އިންސާނުންގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މީހުން އަތުލަައިގަތީ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ފިރިހެނުންގެ އިތުރުން ބަންގްލަދޭޝް އަންހެނަކާއި ތައިލެންޑްގެ ހަތަރު އަންހެނުންނެވެ. މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ރާއްޖޭގައި ބިދޭސީން ފުޅާދާއިރާއެއްގައި އެކި ވިޔަފާރިތައް ކުރަމުންދާއިރު ގާނޫނާއި ގަވައިދާ ހިލާފް ގިނަކަންތައްތަކެއް ދަނީ ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ