
ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސަައިލަން ހައިކޯޓުން އަންގައިފި
ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސަައިލަން ހައިކޯޓުން އަންގައިފި
ލިޔުން:
ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޝަރީއަތް މަޑުޖައްސައިލުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސައިލުމުގެ އަމުރަަކަށް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދުނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ ކުރިން އެމަނިކުފާނު ހުށަހެޅުއްވި ގިނަ ހުށަހެޅުއްވުންތައް ކްރިމިނަކް ކޯޓުން ބަލައި ނުގަންނަން ނިންމި ނިންމުން އިސްތިއިނާފުކޮށް، އެ އިސްތިއުނާފުގެ ތެރެއިންނެވެ. އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ބޭއްވި އަޑު އެހުމުގައި ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެންނެވީ ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައަށް ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑު އެހުންތައް މަޑުޖައްސައިލުމަށެވެ.
ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ކްރިމިނަލް ކޯޓަށް އެންގީ އަޑު އެހުންތައް ކުރިއަށް ނުގެންދިއުމުގެ ވަގުތީ އަމުރަކަށް ޔާމީނުގެ ފަރާތުން އެދިފައި ވާތީ ހައިކޯޓުގެ ގަވައިދުގެ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް ، އެކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ އިސްތިއުނާފު މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސައިލުމަށެވެ. އެ އަމުރު ނެރުއްވީ ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
