
ފުށް ބަސްތާތަކެއް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ
ފުށް ބަސްތާތަކެއް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ
ލިޔުން:
އެސްޓީއޯގެ ފުށް ގުދަނެއްގައި ހުރި ފުށް ބަސްތާތަކެއް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެއެވެ.
އަނިޔާވާ ވެފައި ވަނީ އެސްޓީއީފެ ބިދޭސީ ދެ މުވައްޒަފަކަށެވެ. ދެ މީހުންނަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.
ވެއްޓުނު ވަގުތު އެކަކުގެ ނޭފަތުން ލޭ އައި ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެސްޓީއޯގެ އޮފިޝަަލަކު ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެސްޓިއޯއިން މިކަން އިންޓާނަލީ ތަހުގީގު ކުރާނެކަމަށް ބުނެފައިވާކަމަށެވެ. މިއީ ނުރައްކާތެރި ހާދިސާއެއްކަން ފާހަގަ ކޮށް އޭނާ ވިދާޅުވީ، މިފަދަ ކަންކަމުަގއި ރައްކާތެރި ކަމުގެ ފިޔަވަޅުތަށް އެޅުން މުހިންމު ކަމަށާއި އެ ކުންފުނިން އަބަދުވެސް އެކަމަށް ސަމާލުކަން ދޭކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ގުދަން ކުރެވޭ ބަސްތާތައް ޕެލެޓު މަތީގައި ބެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
ގުދަން ކުރެވޭ ތަކެތި ގަވާއިދާ އެއްގޮތަށް ބެހެއްޓުމަށް ދާދިފަހުން، ހެލްތް މިނިސްޓްރީއިން ވެސް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
