މާލެ: 31°C

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ!
July 1, 2023
3 ފަހަރު ބަލާފައި
ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ!
ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލް ކޮށްފިއެވެ. ފުއްގިރި މައްސަލައިގެ އަޑު އެހުން އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ. މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ޖޫންމަހު 20 ވަނަ ދުވަހަށް ތާވަލް ކުރުމުން އެ އަޑުއެހުން ކެންސަލް ކުރީ އެމައްސަލައިގައި ދެން ދައުވާ ކުރާ މއ. ކުރިކީލަހިޔާ އަހުމަދު ކުރި ރިޒާ ބަލިވެ އުޅޭތީއެވެ. ދަށު ކޯޓުގައި މިހާރު ހިނގަމުންދާ ފުއްގިރީގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ޔާމީންގެ އިތުރުން ދެން ދައުވާކޮށްފައިވަނީ އަހުމަދު ކްރިކް ރިޒާ އާއި ސަންގެ ދެ ކުންފުނީގެ މައްޗަށެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާއެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެއެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވެއެވެ. މި މައްސަލައިގައި ހެކިބަސް ނެގުން ކުރިއަށްގެންދާއިރު، އީދު ބަންދަށް ދިއުމުގެ ކުރިންވެސް އަޑުއެހުންތަކެއް ވަނީ ފުލުފުލުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާދަމާގެ އިތުރުމް ކޯޓުން ވަނީ އަންނަ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހާއި އަދި މިމަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ވެސް ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު، ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ވެސް ކުރިއަށްދަމުންނެވެ. އެހެންކަމުން، އެމަނިކްފާނަށް އައިސްފައިވާ ހުކުމާ ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިވަގުތު ވަނީ ބަންދުވެފައެވެ. ނަމަވެސް އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފިނަމަ އެ އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ