މާލެ: 31°C

ފްރުޓް ޓްރީ ފިހާރަ މަތީބައިގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 10 ގޭބީސީ އެއްގެ 33 މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ

January 23, 2025
173 ފަހަރު ބަލާފައި
ފްރުޓް ޓްރީ ފިހާރަ މަތީބައިގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 10 ގޭބީސީ އެއްގެ 33 މީހުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން: އެންޑީއެމްއޭ
މަޖީދީމަގުގައި ހުންނަ ފްރުޓް ޓްރީ ފިހާރަ މަތީބައިގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 10 ގޭބީސީ އެއްގެ 33 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނެފައިބވަނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވިފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީން ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބިދޭސީ 1 ޢާއިލާ ވަނީ އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައި ކަމަށާއި އަދި 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް އެ އޮތޯރިޓީ އިން ބުނެފައިވެއެވެ.

އެހެންކަމުން 5 ގޭބިސީ އެއްގެ 14 ދިވެހިންނާއި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެ އޮތޯރިޓީ އިން ހަމަޖައްސަވައިދެއްވަމުން ގެންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ގުދަނުގައި އަލިފާން ރޯވެފައިވަނީ ރޭ ފަތިހު 4:20 ހާއިރު ކަމަށާއި، ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ 5:27 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި ހެނދުނު 6:00 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވުނުއިރު، ބޭނުން ނުކުރެވޭ ވަރަށް ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ،

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ