މާލެ: 31°C

ފްރޭމްކުރި މައްސަަލަ ނުބަލައި އޮތުމަކީ އިންސާފު ނުލިބުން: ނާޒިމު

January 18, 2023
2 ފަހަރު ބަލާފައި
ފްރޭމްކުރި މައްސަަލަ ނުބަލައި އޮތުމަކީ އިންސާފު ނުލިބުން: ނާޒިމު
ފްރޭމްކުރި މައްސަަލަ ނުބަލައި އޮތުމަކީ އިންސާފު ނުލިބުން: ނާޒިމު
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި "ފްރޭމްކޮށް ޖަލަށް ލީ މައްސަލަ" ރިވިއުކުރަން ސުޕްރީމްކޯޓުން އަމުރުކޮށްފައި ވާްއިރު ފުލުހުން އެކަން ނުބަލައި އޮތުމަކީ އިންސާފު ގާއިމް ނުކުރެވުން ކަަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މިިހާރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ޝަކުވާކުރައްވައިފި އެވެ. ޑިފެންސް މިނިސްޓަރުކަމުަގައި ހުންނަވަނިކޮށް 2015 ވަނަ އަހަރު އޭނާ ހައްޔަރުކުރީ ގޭގައި ފިސްތޯލައަކާއި ވަޒަން ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް ޔާމީނު ސަރުކާރުން ނާޒިމު ހައްޔަރުކުރީ 2015 ވަނަ އަހަރު އެވެ. އެ ތުހުމަތު ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމް ހައިކޯޓާއި ސުޕްރީމްކޯޓުން ވެސް އޭރު ދެމެހެއްޓި އެވެ. ސުޕްރީމްކޯޓުން އެ މައްސަލަ އަލުން ބެލީ، 2018 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބު ޔާމީނަށް ނާކާމިޔާބު ވުމާއި އެކު ހުރިހާ ސިޔާސީ ލީޑަރުންގެ މައްސަލަ އަލުން ރިވިއު ކުރި އިރުގަ އެެވެ. ނާޒިމަށް ކުރި ހުކުމް ސުޕްރީމްކޯޓުން އޭރު ބާތިލުކުރި އިރު ، ނާޒިމާ ދެކޮޅަށް 2015 ގައި ހިންގި ތަހުގީގު ރިވިއުކުރަން ފުލުހުންނަށް އަމުރުކުރި އެވެ. ނާޒިމު ހައްޔަރުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރަން އޭނާ ރޭ ނެރުއްވި ބަޔާނެއް އާއްމުކުރައްވަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފުލުހުން އަދިވެސް އެ މައްސަލަ ނުބަލައި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން ކަމަށެވެ. "މިރެއަކީ އަޅުގަނޑު ފްރޭމް ކުރުވެނުތާ 8 އަހަރު ފުރުނުރޭ. ނުހައްގުން 11 އަހަރުގެ ޖަލުހުކުމެއްކޮށް 3 އަހަރަށްވުރެ ގިނަދުވަސް ޖަލުގައި ހޭދަކުރީމު. ސްޕްރީމްކޯޓުން ފުލުހުންގެ މައްޗަށް، މިމައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު، މިމައްސަލަ ނުބެލި އޮތުމަކީ އިންސާފު ގާއިމުނުކުރެވުން،" ބަޔާނާ އެކު ކުރެއްވި ޓްވީޓުގައި ނާޒިމް ވިދާޅުވި އެވެ. ބަޔާނުގައި ނާޒިމު ތުހުމަތުކުރައްވާފައިވާ ގޮތުގައި އޭނާއަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ "ފުލުހުން ނޫން ބަޔަކު ނުހުޅުވާ ޕެންޑްރައިވް އެއްގައި ހުރި ކަމަށް ބުނާ މައުޅޫމާތެއްގެ މައްޗަށް ބުރަވެ" އެވެ. އޭނާގެ ގެއިން ހޯދިކަމަށް ފުލުހުން ބުނާ ފިސްތޯލަ ހޯދި އިރުގައި ވެސް ފުލުހުން ނޫން ބަޔަކު ނެތް ކަމަށާއި އެ ފިސްތޯލަ ހޯދި ގޮތުގެ ވީޑިއޯއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ