
ފައުންޑޭޝަން ދުވަހުގެ ތަހުނިޔާއާ އެކު ޝާހިދުގެ ތައުރީފު ސައުދީ ވެރިންނަށް
ފައުންޑޭޝަން ދުވަހުގެ ތަހުނިޔާއާ އެކު ޝާހިދުގެ ތައުރީފު ސައުދީ ވެރިންނަށް
ލިޔުން:
ދައުލަތެއްގެ ގޮތުގައި ސައުދީ އަރަބިއްޔާ އުފެއްދުމުގެ ފުރަތަމަ މަރުހަލާގައި އެ ދައުލަތުގެ ބާނީ މުހައްމަދު ބިން ސައުދަށް ރަށެއްގެ ކޮންޓްރޯލް ލިބިވަޑައިގެންނެވި ހަނދާން އާކުރަން "ފައުންޑޭޝަން ޑޭ"ގެ ނަމުގައި އެގައުމުގައި ފާހަގަކުރާ ދުވަހުގެ މުނާސަބާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުގެ ވެރިންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
ސައުދީ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރުހާން އަލް ސައުދަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ ސައުދީ ރަސްކަމުގެ ވިޝަނަރީ ލީޑަރުން އެ ގައުމަށް ގެނެސްދެއްވާފައި ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ކަމަށާއި އެކަަމަށް ޓަކައި އެ ބޭފުޅުންނަށް ތައުރީފު ކުރައްވާ ކަމަށެވެ. ފައުންޑޭޝަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ސަައުދީ ސަރުކާރަށާއި ރައްޔިތުންނަށް ރައްދުކުރެއްވުމަކީ އުފަލެއް ކަމަށް ވެސް މެެސެޖްގައި ޝާހިދު ވިދާޅޫވި އެވެ.
ފައުންޑޭޝަން ދުވަހުގެ ގޮތުގައި ސައުދީން ސަރުކާރުން ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަ ކުރަނީ އެގައުމުގެ ބާނީ މުހައްމަދު ބިން ސައުދަށް، ދިރިއްޔާ ނަމަކަށް ކިޔާ ރަށުގެ ވެރިކަން ލިބިވަޑައިގެންނެވި ތާރީހަކީ އެއީ ކަމަށް ވާތީ އެވެ. މިހާރު އޮތް ސައުދީ ދައުލަތަކީ މުހައްމަދު ބިން ސައުދުގެ އާއިލާއިން އެ ވެރިކަން ފުޅާކޮށް، އިތުރު ސަރަހައްދުތަކުގެ ބާރުވެރިކަން ހޯދައިގެން އުފެއްދި ދައުލަތެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
