
ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އަތުވެއްޖެ: ރޮޒައިނާ
ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އަތުވެއްޖެ: ރޮޒައިނާ
ލިޔުން:
ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އަތުވެއްޖެކަމަށް އައްޑޫ މީދޫއާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން އުނގޫރާފު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވަނީ "ތިގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ" ކަމަށެވެ. ރޮޒައިނާ އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދުގެ ފޮޓޯފުޅު ދައްކަވައިގެން އެމްޑީޕީން ގޮނޑިތައް ކާމިޔާބުކުރި ވާހަކަ ބައެއް ފަރާތްތަކުން ދައްކާތީއެވެ.
ރައީސް ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވާ އުނގޫރާފު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓްގައި ވަނީ އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއް ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ފައިސާއާ ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓުހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ، ވެރިކަމުގައި ނެތް ދުވަހަކުން މިޕާޓީ ވަރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ. އަދި އެއީ މާމޮޅު ކަމެއް ނޫން ކަމަށް ވަހީދުގެ ޓްވީޓްގައި ވެއެވެ.
ރޮޒައިނާގެ ޓްވީޓަށް ރައްދުދެއްވަމުން މެމްބަރު ވަހީދު ވިދާޅުވީ، “ވެހޭތާ ފެންނަގަން” ތިޔައުޅުއްވާ އުޅުއްވުމަށް، ކޮންމެހެން ޑިމޮކްރެސީއޭ ނުކިޔުއްވުމަށެވެ.
https://twitter.com/waddey_/status/1647589182527926273
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީން ކާމިޔާބުކުރުމުން މިކާމިޔާބީއަކީ ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހު އަނެއްކާވެސް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
