
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންފި
ލިޔުން:
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ރޭ ގަތަރަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގަތަރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާދަމާގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ގަތަރުގެ ބޮޑުވަޒީރާއި ހާރިޖީ ވަޒީރު ޝައިހު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ އާ އެކުގައި މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް އެހެން އޮފިޝަލުންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން އެހީތެރިވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓަރާއެކުމި ދަތުރުފުޅުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެމްބެސެޑާ އެޓް ލާޖް އަދި ރާއްޖެ އިން ޗައިނާ އަށް އެންމެ ފަހުން ކަނޑައެޅި އާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރާއްޖެ އާއި ގަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަހަރު 40 އަހަރު ފުރޭނެއެވެ.
ރަސްމީ ދަތުރެއްގައި ޒަމީރު ވަނީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ މަޝްވަރާ ކުރައްވައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
