
ފޮރިން މިނިސްޓަރ ޝާހިދު ޖަޕާނަށް ވަޑައިގެންފި
ފޮރިން މިނިސްޓަރ ޝާހިދު ޖަޕާނަށް ވަޑައިގެންފި
ލިޔުން:
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިއަދު ވަޑައިގެންފި އެވެ.
ފޮރިން މިސްޓްރީން ބުނީ އެ ދަތުރުފުޅަކީ މިމަހުގެ 14 އިން 16 އަށް ޓޯކިޔޯގައި ބާއްވާ މިއުނިކް ލީޑާސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނީ ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާގެ އިތުރުން މިއުނިކް ލީޑާސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
[embed]https://twitter.com/abdulla_shahid/status/1657937796630462471?s=20[/embed]
މިއުނިކް ސެކިއުރިޓީ ކޮންފަރެންސް އިން އިންތިޒާމްކޮށްގެން ބާއްވާ މިއުނިކް ލީޑާސް ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންނާއި ބައްދަލުކޮށް، ދެ ގައުމު ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ސަލާމަތީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގަތީ ސާބިއާ އާއި ހަންގޭރީގެ އިތުރުން ސްވިޑަންއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
