މާލެ: 31°C

ފޮރިން މިނިސްޓަރ ހަލީލުގެ ތައުރީފު އިންޑިއާއަށް

January 26, 2025
122 ފަހަރު ބަލާފައި
ފޮރިން މިނިސްޓަރ ހަލީލުގެ ތައުރީފު އިންޑިއާއަށް
ފޮރިން މިނިސްޓަރ ހަލީލުގެ ތައުރީފު އިންޑިއާއަށް

ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމާއި ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާ ކުރުމަށް އިންޑިއާ ވެގެން ދަނީ ރާއްޖެއަށް ނަމޫނާ ގައުމަކަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް އެހެން ވިދާޅުވީ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެން ދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށް ކަމަށެވެ. ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްހަ އާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާއިން ދަނީ މުޅި ދުނިޔެއަށް ދައްކަމުން ކަމަށެވެ.

މިގޮތުން، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމާއި ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާ ކުރުމަށް ޓަކައި، އިންޑިއާ ވެގެން ދަނީ ދިވެހިރާއްޖެއަށް ނަމޫނާ ގައުމަކަށެވެ،"

ދެ ގައުމުގެ ދެމެދު އޮތް ގާތް ރަހުމަތްތެރިކަން ހާމަކޮށްދެނީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާ މެދު ބަހައްޓާ ގާތްކަމާއި ދޭ އެހީތެރިކަމުން ކަމުގައި ހަލީލް ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައި ވަނީ އިންޑިއާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމުން ވެސް ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމުގަ އެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާ އެކު ޖުމްހޫރީ ދުވަސް ފާހަގަކުރާ މުނާސަބަތުގައި، އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް، އަމަންއަމާންކަމާއި ކުރިއެރުމާ އަދި ފާގަތި ކަމަށް ހަލީލް އެދިވަޑައިގެންފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ