މާލެ: 31°C
ފޮނުވާލި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި މަދަނީން ގެނެސްފި

ފޮނުވާލި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި މަދަނީން ގެނެސްފި

May 11, 2024
3 ފަހަރު ބަލާފައި
ފޮނުވާލި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި މަދަނީން ގެނެސްފި
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގެ ގާއިމުވެ ތިބި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި، ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ ޕްލެޓްފޯމުތައް އޮޕަރޭޓް ކުރަން ތިބި ޖުމްލަ 76 އިންޑިއާ ސިފައިން އަނބުރާ ގޮސްފައިވާ ކަމަށާއި ސިފައިންގެ ބަދަލުގައި ޕްލެޓުފޯމުތައް އޮޕަރޭޓް ކުރަން އައިސްފައި ތިބީ ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މަދަނީ މުވައްޒަފުން ކަމަށެވެ. "މި މީހުންގެ ބަދަލުގައި ސިވިލިއަނުން މިހާރު އެ ތިބީ ކޮންމެ މީހަކަށް މީހަކު އައިސް، މެއިންޓެއިންކޮށް ބަލަހައްޓަން. އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިކަމަށް ގެނެސްފައި މިތިބީ މިކަމަށް ބޭނުންވާ އަދަދަށް މީހުން ކުރީގައިވެސް،" ޒަމީރު ވިދާޅުވިއެވެ. ޒަމީރު އިތުރަށް ވިދާޅުވީ ސެނެހިޔާ ހޮސްޕިޓަލުގައި ތިބި އިންޑިއާ ޑޮކްޓަރުން އަދިވެސް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ރައީސްގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތްނަމަ ފޮނުވާލުން ކަަމަށެވެ. ސެނެހިޔާގައި ތިބި ޑޮކްޓަރުންނަކީ 10 ސެޕްޓެމްބަރު 2012 އިން ފެށިގެން ދިވެހި ސިފައިންގެ ހިދުމަތް ދިނުމަށް ގެނެސްފައި ތިބި ޑޮކްޓަރުން ކަމަށާއި މިވަގުތަށް އެމީހުން ގެންދިއުމުގެ ބޭނުމެއް އޮތް ކަމަކަށް ސަރުކާރަށް ނުފެންނަ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. "ރައީސްގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ ކަމެއް އޮތިއްޔާ، އަޅުގަނޑުމެންނަށް މިވަގުތު އެމީހުން ބޭނުން ކުރަން ނުޖެހެންޏާ، އެ ބޭފުޅުން ގެންދިއުމުގެ ކަންތައް އިންޑިއާ ސަރުކާރުގައި ދަންނަވައިގެން ގެންދިއުމުގެ ކަންތައް ކުރަން،". މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ