ފްލޯޓިން ސިޓީގެ މާބޮޑު ތަފްސީލެއް ނޭންގެ: މިނިސްޓަރު އަސްލަމް

ފްލޯޓިން ސިޓީގެ މާބޮޑު ތަފްސީލެއް ނޭންގެ: މިނިސްޓަރު އަސްލަމް
ލިޔުން:
ފްލޯޓިން ސިޓީގެ މާބޮޑު ތަފްސީލެއް އެނގިވަޑައިނުގަންނަވާކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ވަނީ ފްލޯޓިން ސިޓީ ހަދަން ދިން ފަޅުތަކުގައި ކިތައް ރަށް ހިއްކާފައި ވޭތޯ އަދި އެ ސިޓީއިން ދައުލަތަށް ކިހާ އާމްދަނީއެއް ލިބިފައިވޭތޯ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ ކުރީގެ ޕްލޭންގައި އެއްވެސް ވަރަކަށް ބިން ހިއްކާގޮތަށް ކަނޑައެޅިފައި ނެތް ނަމަވެސް، ފަހުގެ ޕްލޭންގައި ފްލޯޓިން ސިޓީގެ ވަށައިގެން ބިން ހިއްކުމަށް ނިންމާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ފްލޯޓިން ސިޓީގެ މޮކަޕެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާއި ހަވާލުކުރިކަމުގެ މައުލޫމާތު ލިބިލެއްވި ކަމަށާއި، އެއީ ސީދާ މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުންދާ ޕްރޮޖެކްޓެއް ނޫން ކަމަށްވާތީ އޭގެ ހުރިހާ ތަފްސީލެއް އެންމެ ސައްހަ ގޮތުގައި ނޭނގި ދާނެ ކަމަށެވެ.
"މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގައި އެޅުމަށް ހަމަޖެހިފައިވަނީ 5000 ހައުސިން ޔުނިޓާއި، 35 ލަގްޒަރީ ވިލާ، އަދި 9000-1500 އަކަފޫޓުގައި ދެބުރިއަށް ހަދާ ތިންކޮޓަރީގެ އެޕާޓްމެންޓްއެވެ. އެއިން ކޮންމެ އެޕާޓްމެންޓެއްގެ އަގުތައް އުޅެނީ 2 މިލިއަނާއި 4 މިލިއަން ރުފިޔާގެ އަދަދަކަށެވެ. ފްލޯޓިން ސިޓީ ހަދާނީ ނެދަލެންޑްސްގައި ބޭނުންކުރާ ޓެކްނޮލޮޖީގެ އެހީގައި ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. މި މަޝްރޫއު ފުރަތަމަ ލޯންޗް ކުރީ 2021 ވަނަ އަހަރު މާޗް 14 ގައެވެ. ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްގީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެން ނަމަވެސް ސަރުކާރާއި ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުނިން 2011 ވަނަ އަހަރުން ފެށިގެން ހިންގަން ރާވަމުން ދިޔަ މަޝްރޫއަށް އެކި ބަދަލުތައް ގެނައުމަށްފަހު، 2022 ވަނަ އަހަރު ޖޫން 23 ވަނަ ދުވަހު އިތުރު އެއްބަސްވުމެއްގައި ސަރުކާރާއި ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ދެމެދު އަލުންވަނީ ސޮއިކޮށްފައެވެ. މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
