މާލެ: 31°C

ފްލެޓާއި ގޯތީގެ ކަންކަމުގައި ޙަރަކާތްތެރިވާ ޔޫނިއަންތަކާ ރައީސް މިއަދު ބައްދަލުކުރައްވަނީ

ފްލެޓާއި ގޯތީގެ ކަންކަމުގައި ޙަރަކާތްތެރިވާ ޔޫނިއަންތަކާ ރައީސް މިއަދު ބައްދަލުކުރައްވަނީ
September 2, 2024
2 ފަހަރު ބަލާފައި
ފްލެޓާއި ގޯތީގެ ކަންކަމުގައި ޙަރަކާތްތެރިވާ ޔޫނިއަންތަކާ ރައީސް މިއަދު ބައްދަލުކުރައްވަނީ
ފްލެޓްތަކާއި ގޯތިތަކުގެ ކަންކަމުގައި ޙަރަކާތްތެރިވާ ޔޫނިއަންތަކާ މިއަދު ބައްދަލުކުރައްވާނެކަމަށް ރައީސް ޑރ.މުއިއްޒް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ މިއަދުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވެއެވެ. އެމަނިކުފާނު ވިދާޅުވީ ފަހި ޔޫނިއަން އާއި، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނާއި،  ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި، ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ އާއި އަދި މާލެ ރަށްވެހިންގެ ޖަމިއްޔާއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެބައްދަލުވުމުގައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ