މާލެ: 31°C
ފްލެޓްތަކުގެ ޖޫރިމަނާ މާފްކޮށްފި

ފްލެޓްތަކުގެ ޖޫރިމަނާ މާފްކޮށްފި

December 31, 2023
2 ފަހަރު ބަލާފައި
ފްލެޓްތަކުގެ ޖޫރިމަނާ މާފްކޮށްފި

ސަރުކާރުގެ ސްކީމްތަކުގެ ތަށުން ދީފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ނުދައްކާ ހުރެގެން މިއަދުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތައް މިހާރު މާފުކޮށްފައިވާ ކަމަށް އާބަންކޯ އިން ބުނެފި އެވެ.

އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، ޖޫރިމަނާ މާފުކޮށްދިނުމަށް ފަހު، ފްލެޓްތަކަށް ނުދެއްކި ބާކީ ހުރި ފައިސާތައް ބަހާލައިގެން ދެއްކޭނެ ނިޒާމެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކޮށްގެން ހަމަޖައްސައިދޭ އުސޫލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާބަންކޯ އިން ހަމަޖެއްސި އުސޫލު:

  • ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓް ކަމަށް ކަނޑައެޅުން.
  • ކޮންމެ މަހަކު ނަގާ އެއްޕަސެންޓް ޖޫރިމަނާ ސަދަގާތު ފައުންޑޭޝަން ހަދިޔާކުރުން.

އާބަންކޯ އިން ބުނިގޮތުގައި، ފްލެޓްތަކަށް ފައިސާ ދެއްކުން ލަސްވުމުން ނަގާ ޖޫރިމަނާއަކީ ކޮންމެ މަހެއްގައި ދައްކަންޖެހޭ އަދަދުގެ އެއް ޕަސެންޓް ކަމަށް ހަމަޖެއްސުމުން، ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރެއް ނުވާނެ އެވެ. އަދި އޭގެ އެންމެ ބޮޑު އެއްފަސޭހައަކީ ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދު ދެ ފަރާތަށް ވެސް އެނގެން އޮތުން ކަމަށް އާބަންކޯއިން ކުންފުނިން ބުންޏެވެ.

އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް ޖެނުއަރީ 10 ގެ ކުރިން ފްލެޓްތަކުގެ ވެރިފަރާޓުން އަބަންކޯއަށް ފޯމެއް ހުށަހަަޅަން ހެޖެއެެވެ.

އެ ޖޫރިމަނާތައް މާފުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމަވާފައިވާ ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ