
ފްލެޓް މައްސަލައިގެ ތަހުގީގު ނިމޭނެ ދުވަހެއްނޭނގެ: އޭސީސީ
ފްލެޓް މައްސަލައިގެ ތަހުގީގު ނިމޭނެ ދުވަހެއްނޭނގެ: އޭސީސީ
ލިޔުން:
ރައީސް ސޯލިހުގެ ސަރުކާރުން މާލޭސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ހިންގި ގެދޮރުވެރިޔ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި މަައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމޭނެ ދުވަހެއް ހާމަކުރަން ނޭނގޭކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެސީސީގެ އޮފިޝަލަކު މީޑިއާއަކަށް ބުނީ، ތަހުގީގު ޓީމުން މައްސަލަ ތަހުގީގުކޮށް ނިމޭނެ ވަކި ދުވަހެއް އަދި އަންގާފައި ނުވާކަމަށެވެ.
ފުލެޓު ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ، ފުލެޓުތައް ހަވާލުކުރުން ހުއްޓާލަން އަންގާ، އޭސީސީއިން މައްސަލަ ހިފަހައްޓާފައި އޮތުމުން ފުލެޓު ލިބުނު މީހުން އަންނަނީ އިހުތިޖާޖްކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައީސް ޑރ.މުއިއްޒު ވަނީ ގޯއްޗާއި ފްލެޓް ލިބުނު މީހުނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، ގޯތި ހަވާލުކުރުމުގެ މަަސައްކަތް ކުރި ނަަމަވެސް ފްލެޓްތަކުގެ މަސައްކަތް އޮތީ އެސީސީގެ އެންގުމަށް ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
