މާލެ: 31°C
ފްލެޓް ލިސްޓުގެ ސައްހަކަން ބަލާނީ ރައްޔިތުން އިތުބާރުކުރާ ކޮމިޓީއަކުން: ރައީސް

ފްލެޓް ލިސްޓުގެ ސައްހަކަން ބަލާނީ ރައްޔިތުން އިތުބާރުކުރާ ކޮމިޓީއަކުން: ރައީސް

February 24, 2024
4 ފަހަރު ބަލާފައި
ފްލެޓް ލިސްޓުގެ ސައްހަކަން ބަލާނީ ރައްޔިތުން އިތުބާރުކުރާ ކޮމިޓީއަކުން: ރައީސް
ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތަށް ރައްޔިތުން އިތުބާރުކުރާ ބޭފުޅުން ހިމެނޭ މިނިވަން ކޮމިޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފްލެޓް ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"ރައްޔިތުންވެސް އެ ބައެއްގެ ބަސް ގަބޫލުކުރާ ފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި (އެންޓި ކޮރަޕްޝަން ކޮމިޝަން) އޭސީސީން އެ ނިންމި ނިންމުން ލިސްޓް ކޮމިޓީ ލައްވައި ބަލާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭރުން، ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ޔަގީންވާނެ ކަމަށެވެ. ނަމަވެސް މި ވަގުތަށް އެ ކަމަށް ވެސް އޮތް ހުރަހަކީ މިހާރު އޭސީސީގެ އަތުގައި އޮތް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ސަރުކާރަށް ނުލިބޭތީކަމަށް ރައީސް ވިދާޅުވިއެވެ.

އޭސީސީން މިމަހުގެ ފަސް ވަނަ ދުވަހު ހާމަކުރި ގޮތުގައި ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 59 ޕަސަންޓް މީހުން ޝަރުތު ހަމައެއް ނުވެ އެވެ. އަދި އޭސީސީއިން ވަނީ ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް އެކުލަވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ