
ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ލިސްޓް ބާތިލް ނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފައި: އެޗްއާރުސީއެމް
ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ލިސްޓް ބާތިލް ނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފައި: އެޗްއާރުސީއެމް
ލިޔުން:
މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމި ފްލެޓްތަކުގެ މައްސަލައިގެ ތެރެއަށް އެންމެފަހުން ހިއުމަން ރައިޓްސް ކޮމިޝަނުން ވަދެފިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްއާރުސީއެމުން މިއަދު ބުނީ މި މައްސަލައިގެ ތެރެއަށް އެޗްއާރުސީއެމުން ވަންނަން ޖެހުނީ އޭސީސީން ބަލަމުންދާ ފްލެޓްތަކުގެ މައްސަލާގައި ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާކަމަށް ބުނެ އެޗްއާރުސީއެމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެޗްއާރުސީއެމުން ބުނީ މައްސަލާގައި އެ ކޮމިޝަނުން ބަލަނީ އިންސާނީ ހައްގުތަކުގެ ނަޒަރުން މިކަމުގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލަށް ކަމަށެވެ. އެގޮތުން މިކަމުގައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށާއި، މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައިވެސް ފްލެޓް ދިނުމަށް ނިންމާފައިވާ ލިސްޓް ބާތިލް ނުކުރާނޭކަމުގެ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިްނ ދީފައިވާކަމަށެވެ.
ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ބާތިލް ނުކުރާނޭކަމަށް އެޗްއާރުސީއެމުން ޔަގީންކޮށްދީފައިވާއިރު، ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އޭސީސީއިން ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓުވާލުމަށްފަހު، އެ ކޮމިޝަނުން މިހާރު ވަނީ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަދީފައެވެ. އޭގެ ފަހުން އިއްޔެ، ހައުސިން މިނިސްޓްރީއިން ބުނެފައިވަނީ އަލުން ލިސްޓު އެކުލަވާލާނެ ކަމަށެވެ.
މިކަމާ ގުޅިގެން އާއްމުންގެ ނުރުހުން ވަނީ ސަރުކާރަށް ވަރަށްބޮޑަށް އަމާޒުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
