މާލެ: 31°C
ފްލެޓް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން 5 ލައްކަ ރުފިޔާ ފޭރިގަނެފި

ފްލެޓް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން 5 ލައްކަ ރުފިޔާ ފޭރިގަނެފި

February 13, 2024
3 ފަހަރު ބަލާފައި
ފްލެޓް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން 5 ލައްކަ ރުފިޔާ ފޭރިގަނެފި
ފްލެޓް ލިބިފައިވާ ކަމަށް ބުނެ މަކަރާއި ހީލަތުން އޯޓީޕީ ހޯދައިގެން މިއަދު އެކަނިވެސް 5 ލައްކަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން މިއަދު ހޯދާފައިވަނީ 500،000 ރުފިޔާ ކަމަށެވެ. "ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެލައްވާ! މިފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ވެ ނުލައްވާ!" ފުލުހުން ބުނެފައިވެއެވެ. އަދި ފްލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ ކަމަށާއި އެއީ މަކަރާއި ހީލަތުން ހިންގާ ސްކޭމްތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. https://twitter.com/PoliceMv/status/1757316596194787636 ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހުވެސް އެޗްޑީސީން ފްލެޓެއް ލިބުނު ކަމަށް ބުނެ، އޮޅުވާލައިގެން 2 ލައްކަ ރުފިޔާ ނެގި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މަކަރާއި ހީލަތުން އެތައް ބައެއްގެ ރުފިޔާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާއިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުންގެ އިތުރުން ބޭންކު ތަކުންވެސް ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ