މާލެ: 31°C

ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމު ނުކުރޭ

ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމު ނުކުރޭ
June 26, 2023
2 ފަހަރު ބަލާފައި
ފްލެޓް ލިބޭ މީހުންގެ ލިސްޓު މިއަދު އާންމު ނުކުރޭ
މާލޭ ރައްވެހިންނަށް ބޯހިޔާވަހިކަން ހޯދާދިނުމުގެ ގޮތުން ސަރުކާރުން ތައާރަފް ކޮށްފައިވާ، "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅި ކަމަށް މިއަދު ޕްލޭނިން މިނިސްޓްރީއިން ބުނެފައިވާ އިރު " ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރުން ފަސްކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ފްލެޓް ކޮމިޓިއިން ކުރިން ބުނެފައި ވަނީ އީދުގެ ކުރިން ލިސްޓް އާންމު ކުރާނެ ކަމަށެވެ. ނަމަވެސް މިއަދު  ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ނުކުރި ސަބަބެއް އެކޮމިޓީއިން ހާމައެއް ނުކުރައްވަ އެވެ. އެކަމާ ގުޅިގެން ނޫސް ވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕްލޭނިން މިނިސްތަރު އަސްލަމް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އެެހެންކަމުން އެ ލިސްޓު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. "ދެން މާ ގިނަ ދުވަހަކު އިންތިޒާރު ކުރާކަށް ނުޖެހޭނެ"  ވަކި ދުވަހެއް ވިދާޅުނުވި ނަމަވެސް އަސްލަމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި ދެންމެ ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދު އިއުލާން ކުރަނީ ބިންވެރިޔާ ޕްރޮގްރާމަށް ކުރިމަތިލީ ވަގުތީ ލިސްޓެއް ކަމަށެވެ.

"އެ ލިސްޓް މިއަދު ގެޒެޓްކުރާނެ. އޭގައި ވާނެ އެޕްލިކޭޝަން ލީ މީހުންނާއި ލައިފައި ވަނީ ކިތައް އެޕްލިކޭޝަން ވެސް. ރައީސް ވެސް އިއުލާން ކުރައްވާފައި ވަނީ 5000 ގޯތި. މި ވަގުތަށް އެ 5000 އެޕްޕިކަންޓަކީ ކޮބައިކަން ވެސް އެނގެން އޮންނާނެ. އަދި ޑިސްކޮލިފައިވީ ކޮން ބައެއް ކަން ވެސް ޕޯޓަލް އިން އެނގެން އޮންނާނެ،" އަސްލަމް ވިދާޅުވި އެވެ.

މިއަދު ފްލެޓް ކޮމިޓީއިން ހާމަކުރެއްވި ގޮތުގައި 10314 މީހުނަށް ގޯތި ލިބޭނެ އެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ