" ގެދޮރުވެރިޔާ ސްކީމުން މާލެ ސަރަޙައްދުން 4000 ފުލެޓް ލިބޭ ފަރާތްތަށް ކަނޑައަޅައި އެފަރާތްތަކުގެ ނަންތައް ދިވެހި ސަރުކާރުގެ ގެޒްޓަގައި އިޢުލާނުކޮށް އެފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށްގެންގޮސް ގުރުއަތުން ނެގިފައިވާ ފުލެޓް އެ ފަރާތަށް ފޯރުކޮށްދޭނެ ކަމުގެ އެއްބަސްވުން ސަރުކާރާއެކު ހަދާފައިވާއިރު، މިއަދާ ހަމައަށްވެސް ފުލެޓް ހަލުކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުން ނުގެންދާތީ ފުލެޓް ލިބޭ ފަރާތްތަކުން އެކަމުގައި ކަމާގުޅުންހުރި މުއައްސަސާތަކުގައި ތަކުރާރުކޮށް އެދެމުންދާއިރުވެސް އެފަރާތްތަކުގެ ޝަކުވާއަށް އިޖާބަދީފައި ނުވާތީ އެކަމުގެ ޝަކުވާ މި ޕާޓީއަށްވެސް ދަނީ ހުށަހަޅަމުންނެވެ." އެމް ޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީއިން ބުނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ސަރުކާރުން ދައްކަމުން ދިއުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.
އެހެންވެ މިސަރުކާރުން ހުއްޓާލާފައި އޮތް، ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފުލެޓް ލިބިފައިވާ މީހުނަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް މިހިނދުން މި ހިނދަށް ފެށުމަށް އެ ޕާޓީ އިން ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީއިން ބުންޏެވެ.
މިހަފްތާގެ ނިޔަލަށް ފްލެޓާއި ގޯތި ލިބޭމީހުންނަށް އެގްރިމެންޓް ހަވާލުކުރާނެ ކަމަށް ވިދާޅުވެ ރައީސް. ޑރ. މުއިއްޒު އެކްސް ގައި ޕޯސްޓްކުރައްވާފައި ވަނިކޮށް ރޭ ހައުސިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދު އެގްރިމެންޓް ނުދޭނެ ކަމަށާއި ފްލެޓްގެ މަސައްކަތް ކުރާނީ އޭސީސީ އިން މައްސަލަ ނިންމުމުން ކަމަށެވެ.







