މާލެ: 31°C

ފުލެޓް އަދި ގޯތިތަކުގެ ވެރިންގެ ތެރެއިން ނިޔާވި ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީން ހޯދަނީ

December 19, 2022
2 ފަހަރު ބަލާފައި
ފުލެޓް އަދި ގޯތިތަކުގެ ވެރިންގެ ތެރެއިން ނިޔާވި ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީން ހޯދަނީ
ފުލެޓް އަދި ގޯތިތަކުގެ ވެރިންގެ ތެރެއިން ނިޔާވި ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީން ހޯދަނީ
ހުޅުމާލެއިން ފުލެޓު ގޯތި އަދި ރޯހައުސް ފަދަ ތަންތަން ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެޗްޑީސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މަރުވެފައިވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން އެކޯޕަރޭޝަނުން އެދިއްޖެ އެވެ. އެޑީސީއިން އިއްޔެ ކުރި އިއުލާނެެއްގައި ބުނީ ހުޅުމާލެއިން ފުލެޓާއި ގޯއްޗާއި ރޯހައުސް ފަދަ ތަނެއްް ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެޗްޑީސީއާ އެކު އެއްބަސްވެ ސޮއި ކޮށްފައިވާ ފަރާތެއް ނިޔާވެފައިވާނަމަ ނިޔާވިފަރާތުގެ ވާރިސުން ނުވަތަ އާއިލާއިން މަރު ސާބިތުކުރި ލިޔުން އެޗްޑީސީއަށް ހުޝައަޅައިދޭން އެދޭ ކަމަށެވެ.  އެއީ އެޗްޑީސީއިން ބުނެފައި ވަނީ ނިޔާވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފަވާ ބޭނުމަކީ، އެ ކޯޕަރޭޝަންގެ ޑޭޓާބޭސް އަދާހަމަ (އަޕްޑޭޓް) ކުރުމަށެވެ. ..."ކަސްޓަމަރުންގެ ތެރެއިން ނިޔާވާ ފަރާތްތަކުގެ މައުލޫމާތު މި ކޯޕަރޭޝަނާ ހިއްސާ ކުރުމުގެ މައިގަނޑު ބޭނުމަކީ، މި ކޯޕަރޭޝަންގެ ޑޭޓާބޭސް އަދާހަމަކޮށް، މިކޯޕަރޭޝަނުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ކުރަންޖެހޭ ކަންކަމުގެ އިތުރުން، ނިޔާވެފައިވާ ފަރާތްތަކާއެކު މި ކޯޕަރޭޝަނުން ސޮއިކޮށްފައިވާ އެއްބަސްވުން ދެމެހެއްޓުމުގެ މަގްސަދުގައި، އެ އެއްބަސްވުމުގެދަށުން ނިޔާވި ފަރާތަށް ލިބިދޭ ހައްގުތަކާއި، އެފަރާތުގެ މައްޗައް އޮތް ވާޖިބުތަކާއި އަދި މަސްއޫލިއްޔަތު އުފުއްލާނެ ފަރާތެއް ޝަރިއްޔަތުން  ކަނޑައެޅުމަށްޓަކައި، އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް މަގުފަހި ކޮށްދިނުމެވެ". އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ. އެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައިނުވާ ފަރާތްތަކުން އެކަން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ލިއުމަކުން ހިއްސާކޮށްދޭން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ