މާލެ: 31°C
ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ އިތުރު ޓެސްޓުތަކެއް ހެދުމަށް ތިނަދޫއަށް

ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ އިތުރު ޓެސްޓުތަކެއް ހެދުމަށް ތިނަދޫއަށް

June 23, 2024
2 ފަހަރު ބަލާފައި
ފިޔޯރީން ގެއްލިގެން ހޯދި ކުޑަކުއްޖާ އިތުރު ޓެސްޓުތަކެއް ހެދުމަށް ތިނަދޫއަށް
ގދ. ފިޔޯރީން ރޭ އިރާކޮޅު ގެއްލިގެން ހޯދި، އުމުރުން 9 އަހަރުގެ ކުޑަ އަންހެން ކުއްޖާ އިތުރު ޓެސްޓުތަކެއް ހެއްދުމަށް ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފި އެވެ. ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކީ އެރަށު ފިނިވިލާގެ، މަރިޔަމް މީނަލް މުހައްމަދެވެ. މީނާލް ގެއްލުނުކަން އެނގިފައިވަނީ އޭނާގެ ހަބަރެއް ނުވުމުން 17:30 ހާއިރެވެ. އެހެން ކަމުން ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިނާލް ފެނިފައިވަނީ ރޭ 11:30 ހާއިރު އެވެ. ފިޔޯރީން ކުއްޖާގެ އާއިލާއާއި ހަވާލާދީ މިނިވަން ނޫހާ ވާހަކަދެއްކި މީހަކު ބުނީ، މިނާލް ފެނުނުއިރު ހޭނެތިފައި އޮތް ނަމަވެސް ބޮލަށް ފެންއެޅުމުން ހޭއަރާފައިވާ ކަމަށާއި ނަމަވެސް ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ. މީގެ އިތިރުން އޭނާ ބުނީ ހާލަތުގެ ގޮތުން ފުލުހުން އެ މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެންކަމުން ކުއްޖާއަށް އަނިޔާއެއް ލިބިފައިވޭތޯ ޓެސްޓު ހެދުމަށް ތިނަދުއަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.  މީނާލް ގެއްލުނުކަން އެނގުނީ މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނިކުމެގެންގޮސް، އަނބުރާ ގެއަށް އައުން ލަސްވުމާ ގުޅިގެންނެވެ. މީނާލް އަކީ ކިޑްނީ މައްސަލަ ހުންނަ ކުއްޖެއްކަމަށް ވެސް ކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ