
ފިޔަވަތީގެ ކުދިންނަށް އެޗްޑީސީން ހާއްސަ ހަވީރެއް ބާއްވައިފި
ފިޔަވަތީގެ ކުދިންނަށް އެޗްޑީސީން ހާއްސަ ހަވީރެއް ބާއްވައިފި
ލިޔުން:
ދައުލަތުން ބަލަހައްޓާ ކުދިން ބައިތިއްބާ ފިޔަވަތީ ގަ އުޅޭ ކުދިންނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ''ފިޔަވަތި ފަން ޑޭ'' ގެ ނަމުގައި ހާއްސަ ހަވީރެއް ބާއްވައިފި އެވެ.
އެޗްޑީސީން ބުނީ ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަވީރެއް ބޭއްވީ އެ ކޯޕަރޭޝަނުގެ އިޖުތިމާއީ ޒިންމާ ގެ ދަށުުން ކަމަށެވެ. އެ ހަރަކާތުގައި ފިޔަވަތީ ގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން ވަނީ ބަވެރިވި ކަމަށް އެެ ކޯޕަރޭޝަނުން ބުންޏެވެ.
އެހަވީރުގައި އެޗް.ޑީ.ސީ ގެ ބައެއް އިސްވެރިނާއި ފިޔަވަތީގެ މުއައްޒަފުން ބައިވެރި ވި ކަމަށާއި ހަވީރުގައި ފިޔަވަތީގެ ކުދިންނަށް އެޗްޑީސީން ހަދިޔަާ ތަކެއް ވެސް ދިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ފިޔަވައްޗަކީ ދަަޢުލަތުގެ ބެލުމުގެ ދަށުގަައި ތިބޭ ކުދިން ބަލަހައްޓަން ހާއްސަކޮށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ މަރުކަޒެކެވެ.
ޑިސެމްބަރު 31 ވަނަ ދުވަހު ބޭއްވި އެ ހަރަކާތާ ގުޅޭ މައުލޫމާތު އެޗްޑީސީން ހާމަކުރީ އިއްޔެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
