މާލެ: 31°C

ފިޔަވަޅުއަޅައިގެން 13 ބިލިއަން ރުފިޔާ މިރާއިން ހޯދާފައިވޭ

ފިޔަވަޅުއަޅައިގެން 13 ބިލިއަން ރުފިޔާ މިރާއިން ހޯދާފައިވޭ
July 2, 2023
2 ފަހަރު ބަލާފައި
ފިޔަވަޅުއަޅައިގެން 13 ބިލިއަން ރުފިޔާ މިރާއިން ހޯދާފައިވޭ
ޓެކްސް ނުދައްކާ ފަރާތްތަކަށް ފިޔަވަޅުއަޅައިގެން ޖުމްލަ 13 ބިލިއަން ރުފިޔާ މިހާތަަނަށް މީރާއިން ހޯދާފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން، ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން މިދިޔަ އަހަރު އެކަނި 2.42 ބިލިއަން ރުފިޔާ (މީރާ) އިން ވަނީ ހޯދާފަ އެވެ.

ޓެކްސް ނުދައްކާ ފަރާތްތަކަށް މިދިޔަ އަހަރު 20،295 ނޯޓިސް ދީފައިވާއިރު ޓެކްސް ދެއްކުމުގެ ކުރިން ހުށަހަޅާ ބަޔާން ހުށަނާޅާތީ 31،577 ފަރާތަކަށް ވަނީ ނޯޓިސްދީފަ އެވެ. ނޯޓިސްދީގެން 1.46 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި ޑިއު ކްލިއާކުރުމުގެ މަރުހަލާގައި 864 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. ފައިސާ ދެއްކުމަށް ހަނދާންކޮށްދީގެން 94.3 މިލިއަން ރުފިޔާ ހޯދާފައިވާއިރު އެކައުންޓް ފްރީޒްކޮށްގެން 1.7 މިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ. މީގެ އިތުރުން ގާނޫނީ ފިޔަވަޅު އަޅައިގެން 1.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިރާ އުފެދުނު ފަހުން 13 ބިލިއަން ރުފިޔާ ހޯދާފައިވަނީ އެގޮތުން އެޅި ފިޔަވަޅު ތަކުން ކަމަށް މީރާއިން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ