ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހޭ އަދަދުތަކާއި ޒަކާތް ދެއްކޭނެ ގޮތްތައް އިސްލާމިކް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ބަނޑޭރި ޕޭ ތެރެއިން ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.
ދޮށީ އުމުރުގެ ފަރާތްތަކާއި އޮންލައިން ކޮށް ފައިސާ ދެއްކުމަށް ބޭނުންނުވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ހޯލަށް ހާޒިރުވެ ފައިސާ ދެއްކޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެެހިފައިވަނީ މިނިސްޓްރީއިން ކަނޑައަޅާފއިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ބާވަތްތަކާއި ފައިސާގެ އަދަދުތައް:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ
- ރަތް ހަނޑޫ: 99 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 84 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
- އާދައިގެ ފުށް: 12 ރުފިޔާ
- އާޓާ ފުއް: 75 ރުފިޔާ
ފިތުރު ޒަކާތުގެ ގޮތުގައި އާއްމު ގޮތެއްގައި ދައްކާނީ އެބަޔަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން މިނިސްޓްރީއިން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 ން 13:00 އާއިހަމައަށެވެ. މިއާއިއެކު މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލަކުން ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފައިވެއެވެ.
ރަމަޟާން މަހު ފިތުރު ޒަކާތް ދިނުމަކީ މުސްލިމުންގެ މައްޗަށް ފަރުޟުވެގެންވާ ވާޖިބެކެވެ.