
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ލިޔުން:
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.
އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް 26 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނެ އެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00އަށެވެ.
ކައުންސިލްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 27ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތްދެއްކޭނެއެވެ. ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތްދެއްކޭނެއެވެ.
ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް
އާދައިގެ ހަނޑޫ- 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ- 84 ރުފިޔާ
ރަތް ހަނޑޫ- 99 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ) – 84 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ
އާދައިގެ ފުށް – 12 ރުފިޔާ
އާޓާ ފުށް – 75 ރުފިޔާ
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
