މާލެ: 31°C

ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަކީ ރާޖްކުމާރް ރާއޯ

ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަކީ ރާޖްކުމާރް ރާއޯ
April 29, 2023
2 ފަހަރު ބަލާފައި
ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަކީ ރާޖްކުމާރް ރާއޯ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި އަހަަރުގެ 68 ވަނަ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލުގެ މަގާމު ރާޖްކުމާރްް ރާއޯ އަށް ލިބިއްޖެއެވެ. އޭނާ އަށް އެވޯޑް ލިބުނީ މިދިޔަ އަހަރުގެ "ބަދާއީ ދޯ" ގައި ކުޅުނު ރޯލަށެވެ. ރާޖްކުމާރްް ރާއޯ އަކީ މީގެ ކުރިން ފިލްމްފެއާގެ ހަތަރު އެވޯޑް ލިބިފައިވާ ތަރިއެކެވެ. މިއަހަރުގެ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ އާލިއާ ބަޓް އަށެވެ. އެއީ އޭނާ މިދިޔަ އަހަރު ކުޅެފައިވާ "ގަންގޫބާއީ ކަތިއަވާޅީ" ގެ ރޯލަށެވެ. އަދި އާލިއާ އަށް 2018 ގެ "ރާޒީ" އިން ވެސް ފިލްމުފެއާގެ މޮޅު ބަތަލާގެ މަގާމު ލިބިފައިވެއެވެ. އެންމެ މޮޅު ފިލްމަކަށް "ގަންގޫބާއީ ކަތިއަވާޅީ" ވީއިރު، މިއަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުކަން ލިބުނީ އެ ފިލްމު ހެދި ސަންޖޭ ލީލާ ބަންސާލީ އަށެވެ. އަދި އެ ފިލްމުގެ ލަވައެއް ކަމަށްވާ "ދޯލީދާ" އަށް ވެސް ވަނީ ގިނަ އެވޯޑް ތަކެއް ލިބިފައެވެ. ނަމަވެސް އެންމެ މޮޅު ވާހަކައިގެ މަގާމު ލިބުނީ "ބަދާއީ ދޯ" އަށެވެ. އަނިލް ކަޕޫރަށް "ޖުގް ޖުގް ޖިއޯ" ގެ މޮޅު ސަޕޯޓިން އެކްޓަރުކަން ލިބިފައިވާއިރު، މޮޅު ސަޕޯޓިން ބަތަލާ ކަން ލިބުނީ ޝީބާ ޗައްޑާ "ބަދާއީ ދޯ" އަށެވެ. އަދި މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް އަރިޖިތު ސިންގް (ކޭސަރިޔާ/ބްރައްމަސްތުރާ) އަށް ލިބިފައިވާއިރު، މޮޅު އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ހޯދީ ކަވީތާ ސޭތު (ރަންގިސާރީ/ޖުގް ޖުގް ޖިއޯ) އެވެ. މި އަހަަރުގެ 68 ވަނަ ފިލްމު އެވޯޑްސް ހޯސްޓް ކޮށްދީފައިވަނީ ސަލްމާން ހާނާއި މަނީޝް ޕޯލް އެވެ. އަދި ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، ޖެކްލިން ފެނަންޑޭޒް އަދި ޓައިގާ ޝްރޮފް ވަނީ ފޯރިގަދަ ހުށަހެޅުންތަކެއް ދައްކާލާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ