
ފައިލޭރިއާ ޓެސްޓްކުރަން ބޮޑު ހަރަކާތެއް ފައްޓަނީ
ފައިލޭރިއާ ޓެސްޓްކުރަން ބޮޑު ހަރަކާތެއް ފައްޓަނީ
ލިޔުން:
ފައިލޭރިއާ ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
އެޗްޕީއޭއިން ބުނީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދަނީ ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ބަލި އިތުރު ބަޔަކަށް ޖެހިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުންނެވެ.
މިހަރަކާތުގައި ފުރަތަމަ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެޗްޕީއިން ބުނީ މިހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 70 ރެންޑަމް ސާމްޕަލް ޓެސްޓް ކުރުމަކީ އަމާޒެއްކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭގޮތަށް ކަމަށާއި ބައްޔަށް ސްކްރީން ކުރުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 14ގައި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މައިގްރެންޓް ހެލްތު ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިންނެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ބިދޭސީންތަކެއް ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 32 މީހުންނަކީ ވެސް ބިދޭސީ މަސައްކަތްތެރިންނެވެ.
ފައިލޭރިއާއަކީ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބައްޔެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
