މާލެ: 31°C
ފިކުރުކޮށްލުމަށް އެދި އަދުރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި މާނަފުން ޅެން

ފިކުރުކޮށްލުމަށް އެދި އަދުރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި މާނަފުން ޅެން

May 5, 2024
3 ފަހަރު ބަލާފައި
ފިކުރުކޮށްލުމަށް އެދި އަދުރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި މާނަފުން ޅެން
އެއީ މާނަފުން ޅެމެކެވެ. ނަސޭހަތެކެވެ. އެދުމެކެވެ. މާނަވަނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނެ އުޅޭ ފަދައިން، "ފިކުރުކޮށްލަބަލަ!" މިޅެން ރައްދުކޮށްފައި މިވަނީ ކާކަށްކަން އެނގޭނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް އެކަންޏެވެ. އެހެންނަމަވެސް ޅެން އަމާޒުކޮށްފައިވަނީ ކޮންމެވެސް ބޭފުޅަކަށް، ހިނގާދިޔަ މުހިއްމު ހާދިސާއަކާ ގުޅިގެންކަން އެނގެއެވެ، އެބޭފުޅަކު ގޯސްތަކެއް ހައްދަވައިފި ކަމަށް އަދުރޭ ގަބޫލުކުރައްވައެވެ. އެކަން އެބޭފުޅަކުވެސް ގަބޫލުކުރެއްްވުމަށް އެދިލައްވާފައިވެއެވެ.   ގައުމަށްވުރެ އެބޭފުޅަކު އަމިއްލަ މަސްލަހަތު އިސްކުރެއްވުމުން ވާނެ ގޮތް އެބޭފުޅަކަށް ވަޒަން ނުކުރެއްވުނުކަން ނުސީދާކޮށް ބުނެދީފައިވެއެވެ. ހެވާއިި ނުބައި ވަކިކުރައްވަން އެނގިވަޑައިނުގަތުމުން ވާ ގެއްލުމަށް ފިކުރުކޮށް ނުލެވުނީހޭ އެއްސެވުމާއެކު، މާޒީގައި ހެއްދެވުނު ގޯސްތައް ފަހުމްވެވަޑައި ގަތުމުންވެސްް އިއްޔެގެ އެ ގޯސްތައް ދޫކުރައްވައި ހިންގަވަން ކެރިވަޑައި ނުގަންނަވަނީތޯވެސް އައްސަވާފައިވެއެވެ. އެންމެ ފަހު ޅެން ބައިތު އަޅުގަނޑު މިގުޅުވާލަނީ ސިޔާސީ މައިދާނަށެވެ. އަމާޒު މިކުރަނީ އެމަނިކުފާނުގެ އޭރުގެ ގާތް އަރިސް ބޭފުޅަކަށެވެ. އަދުރޭ ވިދާޅުވާ ގޮތުންނަމަ އިއްޔެއާ މިއަދު ފެންނަމުންދަނީ ތަފާތު މަންޒަރުތަކެކެވެ. ހަގީގަތްތަކެކެވެ. އެކަންކަން ފެނިވަޑައިގަތުމުން ތަދާއި ވޭނުގައި ހިތް ފަޅައިގެން ނުދަނީތޯ ވެސް އަދުރޭ އެބޭފުޅެއްގެ ކިބައިން އައްސަވާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ