އެކަމާ މެދު ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ. އޭނާ ވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ބަހުސް ކުރައްވަމުން ގެންދަވަނީ ކޮން ވަގުތެއްގައިތޯ ސުވާލު ކުރަން އެދިފަ އެވެ.
ނިޒާމީ މައްސަލަ ބަލައިނުގަތުމާ އެކު، މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލައި އަޑުގަދަ ކުރަން ފަށައިފަ އެވެ.
އޭގެ ފަހުން ވެސް ރައީސް ނަޝީދު ފުރުސަތު ދެއްވީ ފިކުރެއްގެ ދިރުމުގެ އެހެން މެމްބަރެއްކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްުދުއްލަތީފަށެވެ.
އެކަމާ ދެކޮޅަށް ރޮޒައިނާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ނަޝީދު ވަނީ ރޮޒޭނާގެ ނަން އިއްވާފަ އެވެ.
އަދި މިހަމަނުޖެހުމުގައި މަޖިލިސް މެދުކަނޑާލަންޖެހުނެވެ.އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ 12 މެންބަރަކު އެޕާޓީން އިސްތިއުފާ ދިނީ އިއްޔެ އެވެ.
އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުން:
- އިބްރާހިމް ރަޝީދު (ބޮންޑޭ)
- މުހައްމަދު ރަޝީދު (ބޯދިގު)
- އަހްމަދު ޒާހިރު (ގައްދޫ)
- މުހައްމަދު ވަހީދު (ވައްޑޭ)
- ހަސަން ލަތީފް
- އީވާ އަބްދުﷲ
- އިލްޔާސް ލަބީބް
- އިމްތިޔާޒް ފަހުމީ
- ޔާސިރު އަބްދުއްލަތީފް
- ހަސަން އަފީފް
- ހުސެއިން ފިރުޝާން
- ހަސަން ޝިޔާން
މެމްބަރުންގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ ޕާޓީން އިސްތިއުފާދެއްވާފަ އެވެ.







