ފިކުރެއްގެ ދިރުމަށް ދެންވެސް ހެދޭނީ ގޭ ބަދިގެ ޕާޓީ: ރޮޒޭނާ

ފިކުރެއްގެ ދިރުމަށް ދެންވެސް ހެދޭނީ ގޭ ބަދިގެ ޕާޓީ: ރޮޒޭނާ
ލިޔުން:
އެމްޑީޕީގެ ރައީސް އަދި ރއްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ދެން ވެސް ހެދޭނީ ގޭ ބަދިގެ ޕާޓީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒޭނާ މިހެން ވިދާޅުވީ، ރައީސް ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ އާ ޕާޓީން ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައި ވުމާ ގުޅިގެން ކުރެވި ޓްވީޓެއްގައެވެ.
ރޮޒޭނާ ޓްވީޓުގައި ވިދާޅުވީ، ޕާޓީގައި ރައީސް ނަޝީދު ނޫން ބޭފުޅެއް ނެތްކަމަށް ދެކިގެން އަމިއްލަ ގޭ ބަދިގެ ތެރެއިން ޕާޓީއެއް ހިންގާ ވާދަވެރި އިންތިހާބަކަށް ޕާޓީ އިން އަލަށް ކުރިމަތިލީ ފަހަރު ބަލި ވުމުން އެކަން ހަޖަމުނުވި ބަޔަކަށް ހެދޭނެ ޑިމޮކްރެޓިކް ޕާޓީއެއް ނޯންނާނެ ކަމަށާއި، ދެން ވެސް ހެދޭނީ ގޭބަދިގެ ޕާޓީއެއް ކަމަށެވެ.
"ފޮޓޯ އިން ތި ފެންނަ ގޭ ބަދިގެ ޕާޓީ ދެން ވެސް ހެދޭނީ." ޓްވީޓުގައި ރޮޒެއިނާ ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1658850935714594817?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1658850935714594817%7Ctwgr%5E0f9535862ae6ec40db681b571903a1397d984d10%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F309006
މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައި ރައީސް ނަޝީފދު ގެންދަވަނީ އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ހިންގަމުންނެވެ. ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި އެ ފެކްޝަންގެ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ސަރުކާރާ ދެކޮޅަށް އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމާ އެކު، އެ ފެކްޝަންގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރަން އެމްޑީޕީން ވަނީ ނިންމައިފައެވެ. އެ ނިންމުމާ އެކު އުފެދުނު ހިތްހަމަނުޖެހުންތަކުގައި ނަޝީދުގެ އަރިސް 12 މެންބަރުން ވަނީ މިއަދު އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
