އެއީ ކިތަންމެ އާދައިގެ އެއްޗެއް ނަމަވެސް މީހަކު ފިކުރީ ގޮތުން އެއްޗެއް އުފައްދައިފިނަމަ އެއަށް ރައްކާތެރިކަން ދޭން ޖެހޭޒިޔާއު ވިދާޅުވިއެވެ. ފިކުރީ މުދާ އުފައްދާ، ހުނަރުވެރި އެތައްބަޔަކު ރާއްޖޭގައި ތިބިކަން ފާހަގަކުރަމުން ޒިޔާއު ވިދާޅުވީ، އެފަދަ މަސައްކަތް ކުރުމަށް ރަނގަޅު ނިޒާމެއް ރާއްޖޭގައި ބައްޓަންކުރަންޖެހޭކަން، އެ މަސައްކަތްތައް ފަރާތްތަކުން ދެކޭ ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީގެ ކޮންމެވެސް މިންވަރެއް ފިކުރީ މުދާ އުފެއްދުމަށް ނުވަތަ ފިކުރީ މުދަލުގެ އީޖާދުތައް ކުރާ ފަރާތްތަކަށް ކަނޑައެޅުމަކީ ކުރެވިދާނެ މުހިންމު ކަމެއްކަމަށް އެފަރަތްތަކުން ދެކޭ ކަމަށާއި، މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުންވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަން ވެސް ޒިޔާއު ފާހަގަ ކުރެއްވިއެވެ. ދިވެހި އާޓިސްޓުންނަށް ޤާނޫނީ ރައްކާތެރިކަން ލިބޭނެ ފުރިހަމަ ނިޒާމެއް އަދި ކަނޑައެޅިފައި ނެތްކަން ފާހަގަކުރައްވަމުން ޒިޔާއު ވިދާޅުވީ، އުފެއްދުންތެރިންނާއި ފަންނާނުންނާއި އެހެނިހެން ނާޒުކު ގިންތިތަކުގެ މީހުންގެ ޙައްޤުތައް ހިމާޔަތް ކުރަން ގާނޫނީ އޮނިގަނޑު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ފިކުރީ މުދާ ހިމާޔަތްކުރުމަށް ކުރިއަށްއޮތްތަނުގައި މުހިއްމު ފިޔަވަޅުތަކެއް އެޅިގެންދާނެ: ޒިއާއު
ފިކުރީ މުދާ ހިމާޔަތްކުރުމަށް ކުރިއަށްއޮތްތަނުގައި މުހިއްމު ފިޔަވަޅުތަކެއް އެޅިގެންދާނެ: ޒިއާއު
ލިޔުން:
ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކްރިއޭޓަރސްގެ ހައްގުތައް ހިމާޔަތްކުރުމުގައި މުހިއްމު ފިޔަވަޅުތަކެއް އެޅިގެން ދާނެކަމަށް ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ، ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަހާއި ގުޅިގެން ނެރުނު ހާއްސަ ބަޔާނެއްގައި ބީސީސީގެ އެމްޑީ ޒިޔާއު ވިދާޅުވީ ފިކުރީ މުދާ ރައްކާތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށް މުހިއްމު ކަމެއް ކަމަށާއި ސަރުކާރުން އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ފަންނީ އަދި އަދަބީ މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުންތަކުން ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ލިބޭނެ ގޮތެއް ހަމަޖެއްސުމަސް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޒިޔާއު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
