މާލެ: 31°C
ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

April 15, 2024
2 ފަހަރު ބަލާފައި
ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ
މާލެ މަޖީދީ މަގުގައި ހުރި ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. ސޯޝަލް މީޑިއާއަށް ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ އެމީހާ އަކީ މަޖީދީ މަގުގައި ހުންނަ ބަންކާ މޯބައިލް ފިހާރައިން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ. [embed]https://youtu.be/tD-CLl_dgiw[/embed] އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައެވެ. އަދި ފުލުހުން ވަނީ މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ