މާލެ: 31°C

ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
October 8, 2024
3 ފަހަރު ބަލާފައި
ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މާލޭގެ ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. ފުލުހުން ބުނީ، މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ދިލްބަހާރު މަގުގައި ހުރި ފިހާރައެއް ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިހާދިސާގައި އަނިޔާ ވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި،  އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ހަމަ އެރޭ ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. މަސްފަނު، އުމުރުން 37 އަހަރުގެ މުނާޒް އެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރު ކޮށްފައިވަނީ  މިދިއަ އާދިއްތަ ދުވަހު ކަމަށެވެ. އޭނާގެ ބަންދާމެދެ ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ