މާލެ: 31°C

ފިހާރައަކުން ވައްކަން ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

March 13, 2025
342 ފަހަރު ބަލާފައި
ފިހާރައަކުން ވައްކަން ކުރި ބިދޭސީއަކު ހައްޔަރުކޮށްފި
މާލޭގެ މަޖީދީ މަގުގައި ހުރި ފިހާރައެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ އަންހެނަކު އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މަޖީދީ މަގުގައި ހުންނަ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވަގަށް ނަގާފައިވާ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ޖެހިގެން އައި ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ ވިޖެންދްރާ ވަޑުގެ ނިރާޝާ ރަސާލީ (24އ) އެވެ. އޭނާއަކީ އެ ފިހާރައިގައި މަސައްކަތް ކުރަމުންދިޔަ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ނިރާޝާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމުގަ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ