
އެފް.އެޗް.އޭ.އެމްގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވައިފި
އެފް.އެޗް.އޭ.އެމްގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވައިފި
ލިޔުން:
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފް.އެޗް.އޭ.އެމް)ގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް އާއި އެމަނިފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވައިލައްވައިފިއެވެ.
މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިއަހަރުގެ އެފް.އެޗް.އޭ.އެމްގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ.
މިއަހަރުގެ މައުރަޒުގައި ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުންހުރި ގިނަ އަދަދެއްގެ ބޭރުގެ ވިޔަފާރިތަކުން ބައިވެރިވެފައިވާއިރު ރާއްޖެއާ ބޭރުގެ ޖުމްލަ 50 ކުންފުންޏެއްގެ 110 ސްޓޯލް ބަހައްޓާފައިވެއެވެ. އަދި މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ރިޒޯޓްތަކާއި ހޮޓާތަކުން ޖުމްލަ 500އަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ. މިއަހަރު 120 ރިސޯޓަކުން 21 ކެޓަގަރީއެއްގައި ބައިވެރިން ވާދަކުރާއިރު އޭގެ ތެރޭގައި 11 ޤައުމެއްގެ ޓީމުތައް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
