ބިދޭސީއެއްގެ އަތުން 33،500 ރުފިޔާ ފޭރެން އުޅުނު ދެ މީހަންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 2:12 ގައެވެ.
ފުލުހުން މީޑިއާއަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލޭ ހ. ރެދާން، ފަވާޒް ކަޅުތުއްތު (36 އަހަރު) އާއި ތ. ތިމަރަފުށީ، ލަކީ ހައުސް، ސޮފްވާން އަލީ (36 އަހަރު) އެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
މި މައްސަލައިގައި ބިދޭސީ މީހާގެ އަތުން ފޭރިގަތުމަށް މަސައްކަތްކޮށްފައިވަނީ 33،500 ރުފިޔާ ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެ އެވެ.







