މާލެ: 31°C

ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

January 23, 2025
1663 ފަހަރު ބަލާފައި
ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
ތޫނު އެއްޗަކުން ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް 3 މީހަކު މިއަދު ގެންގޮސްފި އެވެ.

ތޫނު އެއްޗަކުން ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް 3 މީހަކު މިއަދު ގެންގޮސްފި އެވެ.

މީޑިއާއަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:14 ހާއިރު ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ.

އެއީ:

  1. ސ. ހިތަދޫ، އައްޒާ، މުބާރިކު މުހައްމަދު (34އ)
  2. ޏ. ފުވައްމުލައް، ދިގުވާނޑު/ ގުރަހާގެ، އަހުމަދު ފަޔާޒް (30އ)
  3. ޏ. ފުވައްމުލައް، ދިގުވާނޑު/ ކައިރުގެ، އަހުމަދު ނަދީފް (36އ)

ފުލުހުން ބުނީ އެ 3 މީހުން އަތުލައިގަތީ ނޯތު ހާބަރުގެ ސަރަހައްދުން ކަމަށެވެ.

އެ މީހުން ފޭރިފައިވަނީ 1000 ރުފިޔާ، 10 ޔޫރޯ، 10 ބަންގްލަދޭޝް ޓާކާ، 20 ސްރީލަންކަން ރުފީ، 500 އިންޑިއަން ރުފީ އަދި 2 ސިންގަޕޫރު ޑޮލަރެވެ. ހައްޔަރުކުރި މީހުން އަތުން 1000 ދިވެހި ރުފިޔާ އާއި 20 ސްރީލަންކަން ރުޕީ އަދި 2 ސިންގަޕޫރު ޑޮލަރު ފެނިފައިވެ އެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ