މާލެ: 31°C
ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް: އެޗްޕީއޭ

ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް: އެޗްޕީއޭ

July 29, 2023
3 ފަހަރު ބަލާފައި
ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއް: އެޗްޕީއޭ
މިހާރު މާލޭގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ނޯރޯވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ހޮޑު ލެވުމާއި ހުން އައުމާއި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންކަމެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔަ އެވެ.

އެޗްޕީއޭއިން ބުނީ މިއީ ހަލުވިކަމާ އެކު ފެތުރޭ ވައިރަސްއެއްކަމަށާއި، ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށެވެ.

[embed]https://twitter.com/HPA_MV/status/1685178204687130624[/embed] އިއްޔެއިން ފެށިގެން މާލޭ ސަރަހައްދުގައި ހޮޑުލެވޭ ކުޑަކުދިންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ވަނީ ވަރަށް ބާރުބޮޑުވެފައެވެ. އެއާއި އެކީ އިއްޔެ އެޗްޕީއޭއިން ބުނީ، އެކަން މެދުވެރިވެފައިވަނީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި އެއީ ކާއެއްޗެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.

ގިނައިން މި ބަލީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ ކުޑަކުދިންނަށެވެ.

ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ކަމަށް އިލްތިމާސް ކުރާ ކަންކަން:-

  • ގިނަ ގިނައިން އަތް ދޮވުން
  • ހޮޑު ނުވަތަ ބޮޑު ކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފު ކުރާއިރު ސަމާލުވުން
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރު ކުރުމުގައި ބައިވެރި ނުވުން
  • މީހުން ގިނަ ތަންތަނަށް ނުދިއުން

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ