މާލެ: 31°C

ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް ޑރ.މުއިއްޒު ފޮނުއްވައިފި

March 22, 2025
155 ފަހަރު ބަލާފައި
ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް ޑރ.މުއިއްޒު ފޮނުއްވައިފި
ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް ޑރ.މުއިއްޒު ފޮނުއްވައިފި އެވެ.

ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސް ޑރ.މުއިއްޒު ފޮނުއްވައިފި އެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރަމުންގެންދާ ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ފޮނުވާ ކަމަށެވެ. 

އަދި މުޅި ރާއްޖެއަށް ސާފު ފެން ލިބުން ކަށަވަރުކުރުމަށް އިސްކަންދިނުމާއެކު ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް މާނަހުރިގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.

އދިވެސް އިތުރަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށާއި، މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރުކަމުގައިވާ "ގްލޭސިއާ ޕްރިވެންޝަން" އަކީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ