
ފެންނަނީ މެނޭޖުކުރަން ނޭނގިގެން އުޅޭތަން: ފައްޔާޒް
ފެންނަނީ މެނޭޖުކުރަން ނޭނގިގެން އުޅޭތަން: ފައްޔާޒް
ލިޔުން:
މި ސަރުކާރު ފެންނަނީ ގައުމުގެ އިގްތިސާދު މެނޭޖުކުރަން ނޭނގިގެން އުޅޭތަންކަމަށް އެމްޑީޕގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީ އޮޕީހުގައި ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކާ ގުޅިގެން ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ކުރީ އަހަރަށްވުރެ މި އަހަރު މި ގައުމުގެ އިގްތިސާދު ރަނގަޅުވެގެން އަންނަތަން ފެންނަކަމަށާއި އަދި ކުރީ ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ނިޒާމަށް ގެނައި ބަދަލުތަކުގެ ފައިދާވެސް މިއަހަރު ބޮޑުތަނުން އިތުރުވެފައިވާއިރު، މި ސަރުކާރުން މުޅިގައުމުގެ ތަރައްގީގެ މަސައްކަތްތައް ހުއްޓާލާފައިވާއިރު ލިބޭ އާމްދަނީ އަށް ވާނުވާ އެބޭފުޅުންނަށް ނޭނގޭ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުވެސް ކަންކަން މެނޭޖުކުރީ ވިސްނުންތެރިކަމާއެކު އާމްދަނީ މެނޭޖުކުރެވުނީމަ ކަމަށާއި، އޭރުވެސް ގައުމު ހިންގީ ގޮންޖެހުންތަކާއެކީ ކަމަށާއި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ރައްޔިތުންނަށް ތަކުލީފު ނުޖައްސައި އޭރުވެސް ގައުމު މެނޭޖުކުރެވިފައިވާކަމަށެވެ.
އެއާޙިލާފަށް ފެންނަނީ ސިޔާސީ މަޤާމުތައް އިތުރުކޮށް ވަރަށް ބޮޑަށް ބޭކާރު ޙަރަދުތައް ކުރަމުންދާތަން ފެންނަ ކަމަށާއި ކަންކަން ޕްލޭންކުރުމުގެ ބަދަލުގައި ފެންނަނީ ކުއްލިކުއްލިއަށް ކަންކަން ނިންމާތަން ކަމަށެވެ. ގައުމެއް ހިންގުމުގެ ގާބިލުކަން ވެރިމީހާގެ ނެތުމުން ވެގެން އުޅޭ ކަމެއްކަމަށާއި، އަދިވެސް ވަގުތު އެބައޮތް ކަމަށާއި ކަންކަން ރަނގަޅުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތްކޮސްދިނުމަށްވެސް އެމްޑީޕީން އެދޭކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
